ސްނޯކަލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުންދަނީ އިންޓަރ ކޮންޓިނެންޓަލް މޯލްޑިންސް މާމުނަގައު ރިސޯޓުން އެކަނި ސްނޯކްލިންއަށް ދިޔަ އަންހެން ފަތުރުވެރިއެއްކަމަށެވެ. އަދި މިމީހާ ގެއްލުނުކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑުން ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތްކުލައިގެ މޫދު ހެދުމެއްކަމަށް ރިޕޯޓް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފަިއވަނީ މިރޭ 20:58 ގައެވެ.



ކިޔުންތެރިންގެ ހިޔާލު