މާޅޭގައި  ތޮއްޖެހިގެން  އުޅޭ ބިދޭސީންނަށް ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން
މާޅޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީންނަށް ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން
ރާޢްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ސައްހަ ވިސާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން މިއަދު މެންދުރު ފަހު 2:00 ގެ ކުރިން ރަޖިސްޓްރީވުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެދިފައި ވެއެވެ.

މިގޮތުން ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަށް ގުޅުމަށް ވަނީ އެދިފައެވެ.

މިއަދު ދިވެހިން ގޮވައިގެން ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި ރާއްޖޭގައި އުޅޭ އެޤައުމުގެ މީހުންގެ ތެރެއިން 70 މީހުން އަނބުރާ ޤައުމަށް ފޮނުވާނެ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ތަކެއްވެސް އިކޮނޮމިކް މިނިސްޓްރީން ފަށާފައި ވެއެވެ. ނަމަވެސް އެކަމުގެ މާ އެދެވޭ ނަތީޖާއެއް އަދި ފަނިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު