ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
އަލަށް ގުޅުނު ދެ ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު އިތުރުވެ، ރާއްޖޭގައި މާބަނޑު މީހުން އެންމެ ގިނަ ހދ އަތޮޅުގެ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މާބަނޑުމީހުން ސްކޭންކުރެވޭ މިންވަރު ވެސް އިތުރުކޮށްފިއެވެ.

ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑުމީހުން ހިމެނޭ އަދި އެންމެ ގިނައިން ވިހާ އަތޮޅަކީ ހދ އަތޮޅެވެ. މި އެންމެން ކަހަލަ ގޮތަކަށް ވިހަނީ އެ އަތޮޅު ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަށެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ދާދި ފަހުން އާންމުކޮށްފައިވާ މައުލޫމާތެއްގައި ބުނީ، ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑުމީހުން ތިބޭ އަދި ވިހާ އަތޮޅަކީ ހދ އަތޮޅު ކަމަށާއި ހއ،ހދ،ށ އަތޮޅު ހިމެނޭގޮތަށް މިސަރަހައްދުގައި މާބަނޑުމީހުންގެ ނިސްބަތް ބޮޑު ކަމަށެވެ.



އަދި އެ ހޮސްޕިޓަލަށް މުޅިން އަލަށް ރޭޖިއޮލޮޖިސްޓުންތަކެއް ގުޅިފައިވާ ކަމަށާއި އޭގެ ސަބަބުން ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40އަށް މަތިވެގެން ދާނެ ކަމަށް ބުނެފައި ވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ. ކާމިޔާބުކަމާއެކު ބޮޑެތި އޮޕަރޭޝަންތަކެއް އެ ހޮސްޕިޓަލުގައި ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު