މަބްރޫކް
މަބްރޫކް
ބަންގްލަދޭޝްއާއި ނޭޕާލުގައި ތިބި 68 ދިވެއްސަކު އަނބުރާ ރާއްޖެ ގެނައުމަށް މިމަހުގެ 20 ވަނަ ދުވަހު ފްލައިޓެއް ހަމަޖައްސާފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރުގެ އެހީއާއިއެކު، ދިވެހިން ގެނައުމަށް ބަންގްލަދޭޝްގެ މިލިޓަރީ ފްލައިޓެއް ހަަމަޖައްސާފައިވާއިރު، މި ފްލައިޓްގައި ނޭޕާލްގައި ކިޔަވަން ތިބި 18 ދަރިވަރަކާއި، ބަންގްލަދޭޝްގައި ތިބި 51 ދިވެހި ދަރިވަރުން ގެންނާނެ ކަމަށެވެ. އެއީ ނޭޕާލްގެ ކަތަމަންޑޫ އެއަރޕޯޓުން ފުރަން އޮތް، ފްލައިޓް ކެންސަލް ވުމާއެކު، ނާދެވި ތިބި 17 ދަރިވަރަކާއި، ނޭޕާލުން އަންނަން ބޭނުންވެގެން އަންނަ 1 ކުއްޖަކު ކަމަށް މަބްރޫކްވަނީ ފާހަގަ ކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ ފްލައިޓް ދާނީ ނޭޕާލުން ދަރިވަރުން ނަގައިގެން ޑާކާއަށް ކަމަށާއި، ރާއްޖެއަށް އަންނާނީ ޑާކާއިން ކަމަށެވެ.

އޭގެއިތުރުން މަބްރޫކް ވިދާޅުވީ ބަންގްލަދޭޝްއާއި ރާއްޖެއާއި ދެމެދުގައި ކުރެވުނު މަޝްވަރާތަކާއެކު، ބަންގްލަދޭޝްއިން ރާއްޖެއަށް ދޭ އެހީއެއްގެ ގޮތުގައި އެގައުމުގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއްވެސް މި ފްލައިޓުން ފޮނުވާނެކަމަށާއި، މިޓީމުގައި 10 ޞިއްޙީ މާހިރުން ހިމެނޭނެކަމަށެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 34 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ވެރި ރަށް މާލެއިން މިހާރު ވަނީ 14 މީހަކު ޕޮޒިޓިވްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު