ޒިދާން މުޙައްމަދު   13 ޑިސެމްބަރު 2020 - 14:15
ށ އަތޮޅު ފޭދޫ ސްކޫލްގެ ކުރީގެ އިމާރާތުގައި އަލިފާން ރޯވެ އަނދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އިމާރާތުގައި ރޯވެފައި ވަނީ މިއަދު ހެނދުނު 11 ޖަހާކަން ހާއިރެވެ. އަދި އެ އިމާރާތް ވަނީ އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވައެވެ.

ނަމަވެސް، އަލިފާން ރޯވީ ކިހިނެއް ވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގި އިރު އެ ތަނުގައި އެކަކު ވެސް އުޅޭ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މީހަކަށް އަނިޔާއެއް ވިކަން ވެސް އަދި ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު