ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށައެޅުއްވި އިސްލާހަކީ އަދީބާ މަޝްވަރާކޮށްގެން ހުށައެޅުއްވި އިސްލާހެއް ނޫންކަމަށާއި އެއީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެގެން ހުށައެޅުއްވި އިސްލާހެެއް ކަމަށް ވިދާޅުވެ އަދީބުގެ ބަޔާން ލީކް ކޮށްލި މީހުންގެ އަތަށް ގޮއްވާލައިފިއެވެ.
ކަންހިނގާ ދިޔަ ގޮތް ހާމަކުރަށްވައި ޝަރީފް ވާހަކަ ދައްކަވާފައި މިވަނީ، އެ އިސްލާހު އޭނާ މަޖިލީހަށް ހުށައެޅުއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތު ނަންގަވައިގެންކަމަށް ދެކެވޭ ވާހަކަތަކާއި އެކަމާގުޅޭ ގޮތުން އަދީބު ދެއްވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ލީކްކޮށްލާފައިވާ ބަޔާނަށް ރައްދުދެއްވަމުންނެވެ.
ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވަނީ އެކަމާ ގުޅޭގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ޝަރީފާއި ގުޅޭގޮތުން އަދީބުގެ ބަޔާންތަކެއް ކަމަށް ބުނާ ބަޔާން ތަކެއްގައި ހުރީ މުޅިން ދޮގު ވާހަކަތަކެއްކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑޭ ކިޔައިގެން އަދީބްގެ ބަޔާނެއްކަމަށް ބުނާ ބަޔާނުގައި އެވަނީ ހަޤީޤަތެއް ނޫން. އަޅުގަނޑަކާ ކޯޓް އިސްލާހަކާ އަދީބު މަޝްވަރާއެއް ނުކުރޭ. 5 މިލިއަން، ކީއްކުރަންތޯ، 1 ރުފިޔާވެސް ނުދޭ. ސުޕްރީމް ކޯޓަށް އަޅުގަނޑު ލީ އިސްލާހުއަކާ އަދީބްއާ އެއްވެސް ގުޅުމެއް ނެތް. އަޅުގަނޑަކާ އެކަމާއި ބެހޭގޮތުން އެއްވެސް މަޝްވަރާއެއް އަދީބްއަކާއި ކޮށްފައެއް ނުވާނެ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އޭނާއާ ގުޅޭގޮތުން ދައްކާ ހަޤީޤަތާއި ހިލާފު ވާހަކަތަކަކީ ކަނޑައެޅިގެން އަބުރު ކަތިލަން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ. އަދި ފަނޑިޔާރުން ވަކިކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅީ ސީދާ ރައީސް ނަޝީދު ވިދާޅުވެގެންކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެ އިސްލާހަށް އޭނާ ވޯޓް ނުދެއްވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކަނޑައެޅިގެން އަބުރު ކަތިލަން ހިންގާ ކަމެއް. މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން އެ އިސްލާހު އަޅުގަނޑު ލާފަ ބޭއްވީ. އެވޯޓް ނުދޭން އެންގުމުން އެ އިސްލާހަށް އަޅުގަނޑު ވޯޓެއް ނުދެން. މީސާބިތު ހެކި ހުރި ކަންކަން." ޝަރީފް ވިދާޅުވިއެވެ.
އޭނާ ދައްކާ ވާހަކަތައް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުޤައްރިރަކަށް ހުންނެވި ޝުއައިބު އަލީ (ފުރަހަނި)އަށް އެނގިވަޑައިގަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެމްޑީޕީ ޗެއަރޕަސަން ކައިރީ އައްސަވާ އެމަނިކުފާނު އާއި އަދި އެހެން ބޭފުޅަކާ ތިއްބަވައިގެން އެ އިސްލާހު މަޖިލިސްއަށް ލުމަށް މުހައްމަދު ނަޝީދު އަޅުގަނޑު ގާތު އެދިވަޑައިގަތީ. އަޅުގަނޑު ހުއްޓާ ރިޔާލް ވާފިރު ފޮނުވައިގެން އޮފީހަށް ގެންދެވީ. އަޅުގަނޑު އަތަށް އަދީބް އިސްލާހެއް ނުދޭ. މިކަމުގެ ހަޤީގަތް ފުރަހަނި ޝުއައިބަށް އެނގިވަޑައިގެންނަވާނެ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކަތަކަށް އިޝާރާތްކުރައްވާ ޝުއައިބު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ވޯޓްގެ ކަންކަމުގައި މުހައްމަދު ނަޝީދާއި އައްޑޫ ޝަރީފާ ވާހަކަދެއްކެވި ތަނެއް ނުދެކޭކަމަށެވެ. ނަމަވެސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތްކުރަން ބިން ވިއްކުމާއި ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހާއި ނާއިބު ރައީސްގެ އުމުރު ބަދަލުކުރި އިސްލާހާ ގުޅޭގޮތުން ނަޝީދު ދިރިއުޅުއްވާ ޔާގޫތުގެ ޓެރަސް މަތީ އައްޑޫ ޝަރީފާ މަޝްވަރާކުރަން އިންދާ ފެނިވަޑައިގެންނެވި ކަމަށް ޝުޢައިބު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެނުނު. އެއީ އިއްތިފާގެއް. އެއީ ރައީސް ނަޝީދު ޖަލަށް ގެންދަން ތައްޔާރުވި ރޭ ކަމުގައި ބޮޑަށް ހަނދާންވޭ." ޝުއައިބު ވިދާޅުވިއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި ޝުއައިބު އަލީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ވޯޓް ދިން މައްސަލައިގައި އެމްޑީޕީ ޕީޖީގެ ނިންމުމާ ހިލާފަށް މެމްބަރުންތަކެއް ވޯޓްދެއްވިކަމަށާއި، ނަމަވެސް ޝަރީފްގެ އެފަދަ މައްސަލައެއް ކޮމިޓީއަށް ނާންނަކަމަށެވެ.

Kada elhigen aburu kathilan bayaku hingaa kameh. @MohamedNasheed beynun fulhu vegen e islaah alhugandu laafa beyvvee. E vote nudheyn engumun e islaah alhugandu vote nudhen. Mee saabith heki huri kan kan. Veemaa kiyavaigen huri ragalhu meehaku thikuravvanee dhashudharajaige kameh https://t.co/wbkCFKY8b9
— Ibrahim Shareef (@AdduShareef) December 3, 2020
"ކަނޑައެޅިގެން އަބުރު ކަތިލަން ހިންގާ ކަމެއް. މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން އެ އިސްލާހު އަޅުގަނޑު ލާފަ ބޭއްވީ. އެވޯޓް ނުދޭން އެންގުމުން އެ އިސްލާހަށް އަޅުގަނޑު ވޯޓެއް ނުދެން. މީސާބިތު ހެކި ހުރި ކަންކަން." ޝަރީފް ވިދާޅުވިއެވެ.
އޭނާ ދައްކާ ވާހަކަތައް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުޤައްރިރަކަށް ހުންނެވި ޝުއައިބު އަލީ (ފުރަހަނި)އަށް އެނގިވަޑައިގަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެމްޑީޕީ ޗެއަރޕަސަން ކައިރީ އައްސަވާ އެމަނިކުފާނު އާއި އަދި އެހެން ބޭފުޅަކާ ތިއްބަވައިގެން އެ އިސްލާހު މަޖިލިސްއަށް ލުމަށް މުހައްމަދު ނަޝީދު އަޅުގަނޑު ގާތު އެދިވަޑައިގަތީ. އަޅުގަނޑު ހުއްޓާ ރިޔާލް ވާފިރު ފޮނުވައިގެން އޮފީހަށް ގެންދެވީ. އަޅުގަނޑު އަތަށް އަދީބް އިސްލާހެއް ނުދޭ. މިކަމުގެ ހަޤީގަތް ފުރަހަނި ޝުއައިބަށް އެނގިވަޑައިގެންނަވާނެ." ޝަރީފް ވިދާޅުވިއެވެ.
Majlis Raees SC vote aa behey gothun vaahaka dhekkevi dhuvahaku ethanuga manikufaanu innevi hadhaaneh vey. Ragalhah tho mi dhennevunee?? https://t.co/omzTrIag1o
— Ibrahim Shareef (@AdduShareef) December 3, 2020
ޝަރީފްގެ ވާހަކަތަކަށް އިޝާރާތްކުރައްވާ ޝުއައިބު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ވޯޓްގެ ކަންކަމުގައި މުހައްމަދު ނަޝީދާއި އައްޑޫ ޝަރީފާ ވާހަކަދެއްކެވި ތަނެއް ނުދެކޭކަމަށެވެ. ނަމަވެސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތްކުރަން ބިން ވިއްކުމާއި ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހާއި ނާއިބު ރައީސްގެ އުމުރު ބަދަލުކުރި އިސްލާހާ ގުޅޭގޮތުން ނަޝީދު ދިރިއުޅުއްވާ ޔާގޫތުގެ ޓެރަސް މަތީ އައްޑޫ ޝަރީފާ މަޝްވަރާކުރަން އިންދާ ފެނިވަޑައިގެންނެވި ކަމަށް ޝުޢައިބު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެނުނު. އެއީ އިއްތިފާގެއް. އެއީ ރައީސް ނަޝީދު ޖަލަށް ގެންދަން ތައްޔާރުވި ރޭ ކަމުގައި ބޮޑަށް ހަނދާންވޭ." ޝުއައިބު ވިދާޅުވިއެވެ.
Ekamaku @MohamedNasheed Jalun salaamaiy kuran QA ah binvikkumaa VP ge umuru badhalu kuri massalaiga Yaqoothgey terrace mathee MP I.Shareef Mashvaraa kuravvan indhaa alhugandah fennu. e ee ithifaaqeh. E ee RN jalah anburaa Jalah gendhan thayaaruvi rey kamuga bodah handhaan vanee
— Shuaib Ali 🇲🇻 (@ShuaibMaldives) December 3, 2020
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި ޝުއައިބު އަލީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ވޯޓް ދިން މައްސަލައިގައި އެމްޑީޕީ ޕީޖީގެ ނިންމުމާ ހިލާފަށް މެމްބަރުންތަކެއް ވޯޓްދެއްވިކަމަށާއި، ނަމަވެސް ޝަރީފްގެ އެފަދަ މައްސަލައެއް ކޮމިޓީއަށް ނާންނަކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު