ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ ޚާއްޞަ ބޮޑު ހިންގާލުން މާދަމާ އަށް ތާވަލު ކޮށްފިއެވެ.
އެމްޑީޕީން ބުނީ މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުން ކަމަށެވެ.
މި ހިނގާލުމަކީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން ކުރިއަށްގެންދާ ފޯރިގަދަ ހަރަކާތްތަކުގެ ނިންމާލުން ކަމަށްވާއިރު، މި ހިނގާލުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
މި އިވެންޓުގައި އެމްޑީޕީގެ އިސް ލީޑަރޝިޕްގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން ބުނީ މި ހިނގާލުން ވެގެންދާނީ އިންތިޚާބުގެ ކުރިން ޕާޓީގެ ރޫޙު އާލާކޮށް، ސަޕޯޓަރުންގެ ބަދަހިކަން ދައްކާލުމަށް ބާއްވާ ވަރުގަދަ ހަރަކާތަކަށް ކަމަށެވެ. އެމްޑީޕީން އަންނަނީ މި އިންތިޚާބާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު، ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން، މާދަމާ ބާއްވާ މި ހިނގާލުމަކީ މި ދެ ކަމަށްވެސް ތާއީދު ހޯދުމުގެ ގޮތުން ބާއްވާ އެންމެ ފަހު އަދި އެންމެ ބޮޑު އެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު