ރައީސް މައުމޫނާއި މެންބަރު އަބްދުﷲ ޖާބިރު
ރައީސް މައުމޫނާއި މެންބަރު އަބްދުﷲ ޖާބިރު
ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްގައްޔޫމަށް ކޯވިޑްގެ އާލާސްކަންފުޅު ޖެހުނު ޚަބަރާއެކު ކާށިދޫ ދާއިރާގެ އަބުދު ﷲ ޖާބިރުގެ ރަހުމުކުޑަ އިންސާނިޔަތު ކަމެއްނެތް އިހާނެތި ބަސްތައް ރައީސް މައުމޫނަށް ރައްދުކުރައްވައި ޖާބިރުގެ އަސްލު ސޫރަ ދައްކާލައިފިއެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން ކަށަވަރުވީ އެ މަނިކުފާނުގެ ޓެސްޓުގެ ނަތީޖާ މިރޭ ލިބުމުންނެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ވަނީ ﷲ ގެ ހަޟުރަތުން އެމަނިކުފާނަށާއި، ބަލިޖެހިފައިވާ އެންމެންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ. ރައީސް މައުމޫން މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑިމިޓް ކޮށްފައެވެ. އެމަނިކުފާނުގެ ހާލުކޮޅު އަދި ރަނގަޅު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ރައީސް މައުމޫން ގެ ޓްވީޓާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

ރައީސް މައުމޫނަށް ކޯވިޑްގެ އާލާސްކަންފުޅު ޖެހުނު ޚަބަރާއެކު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުކަމަށް ބެލެވޭ ބޭފުޅަކު ދަރިކަލުން ޣައްސާން މައުމޫނަށް ގުޅުއްވައި ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ދައްކަވާ އޯޑިއޯއެއް މިރޭ ވަނީ އާންމުވެފައެވެ. ޣައްސާނު އާންމުކުރެއްވި އެ އޯޑިއޯގައި ޖާބިރު ވިދާޅުވީ އޭނާއަކީ ޖާބިރު ކަމަށެވެ.

“ބައްޕަ ކޮވިޑު ޖެހުނު ވާހަކަ އަޑުއެހީ، އަޅުގަނޑުވެސް ހިތާމަކުރަން އިނގޭތޯ." ޣައްސާނަށް ގުޅުއްވައި ޖާބިރު ވިދާޅުވިއެވެ.

“ކިނބިގަސްދަށުގޭ ރަޖިސްޓްރީ ދޭންވާނެ އިނގޭތޯ އޭނަ، ބައްޕަ ވަޅުލުމުގެ ކުރީގައި." ޖާބިރު ވިދާޅުވެފައި ވެއެވެ.

ޣައްސާނު އާންމު ކުރެއްވި އޯޑިއޯގައި ޖާބިރު ވިދާޅުވެފައި ވަނީ ބައްޕަގެ ދަރަންޏަކީ "ތިމަންނަ" ޒިންމާވާންޖެހޭ އެއްޗެއް ނޫނޭ ޣައްސާން ވިދާޅުވިނަމަވެސް ތަރިކަ މުދަލުން ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

“އޮނަތިރީސް މިލިޔަން ބައްޕަ ނަގާފަ ހުރީ، އެ ވާހަކަ ހަނދާން ކޮށްދެއްވައްޗޭ." ޖާބިރު ވިދާޅުވެފައި ވެއެވެ.

ޖާބިރުގެ ވާހަކަތަކާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނު ވަނީ ހިތާމަފާޅު ކުރައްވާފައެވެ. ޣައްސާނު ވިދާޅުވީ މަޖިލިސްގައި ޖާބިރު ދައްކަވާ ވާހަކަ އެއީ ސަމާސާ ކަމަށް ހީކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫނާއި އާއިލާ އަށް ދިމާވެފައިވާ ހާސްކަމުގެ މި ވަގުތުގައި ޖާބިރުގެ ހިތުގެ ހަގީގީ ކުލަވަރު ދައްކާލާފައިވާ ކަމަށް ޣައްސާނުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

" ވަރަށް ދެރަވެއްޖެ، ކޮންމެ ދިރުމެއްވެސް ނިމިދިޔުންވަނީ އެކަލާނގެ ހަޟުރަތަށެވެ." ޣައްސާނު ވިދާޅުވެފައި ވެއެވެ.

ޑީއާރުޕީގެ ލީޑަރު އަބުދު ﷲ ޖާބިރު ރައީސް މައުމޫނަށް ނިސްބަތްކުރައްވައި ދައްކަވާފައިވާ ރަހުމުކުޑަކަމާއި އިންސާނިއްޔަތުކަމެއް ނެތް ދަށު ދަރަޖައިގެ އިހާނެތި މި ބަސްތަކުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުން ޖާބިރަށް ވަނީ އަމާޒުވެފައެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދޭތެރެ ދޭތެރެއިން ޖާބިރު ގެންދަވަނީ ރައީސް މައުމޫން އޭނާގެ އަތުން ވަރަށް ގިނަ ފައިސާ ތަކެއް ނަންގަވާފައިވާ ކަމަށް ވިދާޅުވެ މާބޮޑު ހެކިތަކެއް ނެތް ތުހުމަތު ތަކެއް މައުމޫނުގެ މައްޗަށް ކުރައްވަމުންނެވެ. އެމައްސަލަ އޭނާ ދޭތެރެއަކުން ކޯޓަށް ހުށައަޅުއްވައިގެން ވެސް އުޅުއްވިއެވެ. ދޭތެރެއަކުން އެ ދަރަނި މަޢާފު ކުރެއްވި ވާހަކައެއް ވެސް ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު