ކ. ދިއްފުއްޓާ ދިމާ ބޭރުގައި ބޭރުގެ މަސް ބޯޓެއް އުޅޭކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ކ. ދިއްފުއްޓާއިދިމާ ބޭރުން، ބޭރުގެ މަސް ބޯޓެއް އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓް ގާޑް އިން ހަރަކާތްތެރިވަމުންދާ ދާކަމަށެވެ.



މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ކޮށްފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" ދޯންޏާއި "ކިންގްރިޝާ" ދޯނިން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ރާއްޖޭގެ މަސްވެރިން ވަނީ އަތުލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު