އުމަރު ނަސީރު 2013 ގެ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމަށް ކުރެއްވި ކެމްޕޭން ޖަލްސާއެއްގައި؛ އުމަރު ވެސް ބޭނުންވަނީ ވާދަވެރިކަމާއެކު ޕާޓީގެ ލީޑަރޝިޕަށް ވަޑައިގަންނަވަން
އުމަރު ނަސީރު 2013 ގެ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމަށް ކުރެއްވި ކެމްޕޭން ޖަލްސާއެއްގައި؛ އުމަރު ވެސް ބޭނުންވަނީ ވާދަވެރިކަމާއެކު ޕާޓީގެ ލީޑަރޝިޕަށް ވަޑައިގަންނަވަން
ޕީޕީއެމްއާއެކު ދެން މަސައްކަތްކުރާނީ ޕާޓީގެ ލީޑަރުކަން ހަވާލުކުރުމުންކަމަށް ވިދާޅުނުވާ ކަމަށް ވިދާޅުވެ އުމަރު ނަސީރު ދެެއްކެވި ވާހަކަ އޭނާ ތަރުޖަމާކޮށްދެއްވައިފިއެވެ.

ސީއެންއެމްގެ އިތުރުކާފް ޕޮރުގުރާމްގައި ވާހަކަ ދައްކަވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިއުލާންކޮށްފައިވާ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ލީޑަރަކު ފޮލޯ ނުކުރައްވާނެކަމަށާއި ޕީޕީއެމާ ގުޅިވަޑައިގަންނަވާނީ ސިޔާސީ ގޮތުން އެންމެ މަތީ މަގާމު ލިބިވަޑައިގަތުމުން ކަމަށެވެ.

ޕީޕީއެމްއާއެކު ދެން މަސައްކަތްކުރާނީ ޕާޓީގެ ލީޑަރުކަން ހަވާލުކުރުމުންކަމަށް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވާއިރު އެގޮތަށް ވިދާޅުނުވާ ކަމަށް ވިދާޅުވެ އުމަރު ވަނީ އެކަން ދޮގުކުރައްވާފައެވެ.

"އަޅުގަނޑު ދެންނެވީ ޕާޓީގެ އެންމެ މަތީ ސިޔާސީ މަގާމު އިންތިޚާބަށް ހުޅުވާލީމާ ޕާޓީ އާއި ގުޅޭ ވާހަކަ، ފޮލޯވާ އެއްގެ ގޮތުގައި ނުގުޅޭނެ ވާހަކަ." އުމަރު "ރަސް އޮންލައިން" އަށް ވިދާޅުވިއެވެ.

ސީއެންއެމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ކުރިއަށް އޮތްތާގައި ވާނީ ލީޑަރަކަށް ކަމަށާއި، އެއްވެސް ބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑު ބަލާލަން ޕީޕީއެމުގެ ދޮރު ހުޅުވޭތޯ. ހުޅުވިއްޖެނަމަ އެ ދޮރުން ވަންނާނަށް. ނުހުޅުވިއްޔާ ދާގޮތަށް ސީދަލަށް ކުރިއަށްދާނީ. އަޅުގަނޑު އޮންނާނެ ސީދާ ރައީސް ޔާމީނަށް ދަންނަވާފައި ޕާޓީގެ އެހެން މަގާމަކަށް ޖެހިވަޑައިގެންފައި ސިޔާސީ އެންމެ މަތީ މަގާމު ހުސްކޮށްލަ ދެއްވާށޭ. ހުސްކޮށް ލެއްވީމާ އަޅުގަނޑު އަންނާނަން." އުމަރު ވިދާޅުވިއެވެ.

ޕީޕިއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރަށް އެޕާޓީން މިއަދު ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އެޕާޓީން ބުނީ އުމަރު ނަސީރަށް ޕްރޮގުރެސިވް ކޯލިޝަން އިން ފުރުސަތެއް ނުދޭނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީން ކުރެ އެއްވެސް ޕާޓީ އަކުން ޖާގައެއް ނެތް ކަމަށާއި އަދި ވަކިން ހާއްސަކޮށް އެއިން އެއްވެސް ޕާޓީއެއްގެ ލީޑާޝިޕަށް އައުމުގެ ވިސްނުން ގެންގުޅުން ހަނދާން ނައްތާލުމަށް އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން މިހާރު ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)  ވަނީ ގޮވާލައްވާފައެވެ.

"އުމަރު ނަސީރަށް ހީވަނީތޯ އަޅުގަނޑުމެން ތަބަކަކަށް ލައިގެން އުމަރަށް ޕީޕީއެމް/ ޕީއެންސީ ދީފާނެއޭ. ހަނދާންނައްތާލާ! އެކަމެއް ނުވާނެ. އުމަރުނަސީރަކަށް ޕީޕީއެމް/ ޕީއެންސީގެ ޖާގައެއް ނުލިބޭނެ." އަދުރޭ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު