ޓޫރިޒަމް މިނިސްޓަރ އަލީވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީވަހީދު
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިއޮތް އޮތުމަށް ނިމުމެއް ގެނެސް އެ ސިނާޢަތް އަލުން ހުޅުވާލިކަން އިޢުލާންކޮށް ރާއްޖޭގެ ރީތި ގޮނޑުދޮށް ތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް ފަތުވެރިންނަށް ދަޢުވަތު ދީފައިވާ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ވީޑީއޯއެއް ޝޯޝަލް މީޑިޔާއަށް ދޫކޮށްލައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަންނަ ޖުލައި މަހު އަލުން ހުޅުވާލުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިން އަލުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރުމަށް ބޮޑެތި މަަސައްކަތްތަކެއް ވަނީ ކުރަންޖެހިފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިއޮތް އޮތުމަށް ނިމުމެއް ގެނެސް މި ސިނާޢަތް އަލުން ފެށުމުގެ މަސައްކަތުގައި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ކުރީސަފަށް ނުކުމެ ވަޑައިގެން އަމަލީ ގޮތުން މިމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވައެވެ.  މިކަމުގައި އެންމެބޮޑު މަސައްކަތެއް ކުރަންޖެހިފައިވަނީ ވެސް ޓުއަރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީއެވެ.

ރާއްޖެ މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ރަސްމީކޮށް ފަށާފައިވާއިރު، މިމަސައްކަތުގައި މިނިސްޓަރ ޢަލީ ވަޙީދު ވަނީ އެމަނިކުފާނު އަޑާއިއެކު ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިޔާއަށް ދޫކޮށްލައްވާފައެވެ. ރާއްޖޭގެ ގުދުރަތީ ހިތްގައިމު ކަން މި ވީޑީއޯ އިން ފެނިގެންދެއެވެ. މިކަމާއި ގުޅިގެން ޝޯޝަލް މީޑިޔާގައި އަލީ ވަހީދަށް ތައުރީފު ކުރަމުން ދާކަން ވެސް ފާހަގަކޮށްލެވެއެވެ.



ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުކުރުން ހުއްޓި އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާއިރު ދުނިޔޭގެ ނިސްބަތުން ބެލިއަސް މިކަމުން އެންމެ ބޮޑަށް އަސަރު ކުރި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނެއެވެ. އިޤްތިޞާދުގެ 70 އިންސައްތަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއިންވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު