އިންޑިއާގައި ފުރަތަމަ ފަހަރަށް އަންހެނަކު އަމިއްލަ ނަފްސާ ކައިވެނި ކުރަން ނިންމައިފިއެވެ.

އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޝާމާ ބިންދޫ މިފަދަ ނިންމުމެއް ނިންމާފައިވަނީ އެހެން މީހަކާ އިންނަން ބޭނުން ނުވިޔަސް ކައިވެނި ހެދުން އަޅައި ބްރައިޑަކަށް ވާހިތްވާތީކަމަށް ހާމަކޮށްފައިވެއެވެ. އެގޮތުން އެހެން ކައިވެނިތަކެކޭ އެއްފަދައިން އަމިއްލަ ނަފްސާ ކައިވެނި ކޮށް ހަނީ މޫނަށް ދިއުމަށްވެސް ނިންމާފައިވާކަމަށް ޝާމާ ބުނެފައިވެއެވެ.

އަދި މިއީ އިންޑިއާގައި އަމިއްލަ ނަފްސާ މީހަކު ކައިވެނިކުރާ ފުރަތަމަ ފަހަރުކަމަށްވެސް ޝާމާ ބުނެފައިވެއެވެ.

"އަހަރެން ބެލިން އިންޑިއާގައި މިފަދަ ކައިވެންޏެއް ކުރިން ކޮށްފައިވޭތޯ. އެފަދަ މައުލޫމާތެއް ނުލިބުނު. އެހެން ވީމާ މިއީ އިންޑިއާގައި މިފަދަ ކައިވެންޏެއް ކުރާ ފުރަތަމަ ފަހަރު." ޝާމާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ޝާމާ ކައިވެނި ކުރަން ހަމަޖެހިފައިވަނީ މިމަހުއެވެ. އަދި މިކަމާ އޭނާގެ އާއިލާއިން ދެކޮޅުހަދާކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު