ރާއްޖޭގައި ފާޅުގައި މަގުމަތީގައި މަސްތުވާތަކެތި ވިއްކަމުން ދާކަމަށާއި އެކަމަށް ހައްލެއް ބޭނުންވާ ކަމަށް އިސްލާމް ދީނުގެ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވީ މި ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމަށް ހާއްސަ ޓާސްކްފޯހެއް އުފައްދާފައިވާކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވުމާއި ގުޅިގެނެވެ.
އިޔާޒު ވިދާޅުވީ މިހާރުވެސް މުއައްސަސާތަކާއި ޓާސްކްފޯސްތައް ހެދިފައިވާލެއް މަދު ނޫންކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަށް ޙައްލެއް ނުލިބޭކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންކަމުން ޙައްލު ލިބޭނެ ކަހަލަ ކަމެއް ކޮށްދެއްވުމަށް އިޔާޒު ގޮވާލެއްވިއެވެ.
އިޔާޒު ވިދާޅުވީ މާލޭގައި ފާޅުގައި މަސްތުވާތަކެތި ވިއްކަމުން ދާކަމަށާއި އެކަމަށް ހައްލެއް ބޭނުންވާކަމަށެވެ.
"މިހާރުވެސް މުއައްސަސާތަކާއި ޓާސްކް ފޯސްތައް ހެދިފައިވާލެއް މަދެއް ނޫން. ނަމަވެސް ޙައްލެއް ނުލިބޭ. އެހެންވީމާ ޙައްލު ލިބޭނެ ކަހަލަ ކަމެއް ކޮށްދެއްވާ. ފާޅުގައި ޕީސްކޮޅު ވިއްކުމުގެ ކަންތައް ދަނީ ކުރިޔަށް. ޙައްލެއް ބޭނުން." މާލޭގައި މަގުމަތީގައި ފާޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ހަދަމުންދާ ކަމަށް ދެކެވޭ ވާހަކަ ތަކަށް ބާރު ދެމުން އިޔާޒު ވިދާޅުވިއެވެ.
ދޫނިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ޓާސްކް ފޯހެއް އެކުލަވާލައްވާފައިވާކަމަށެވެ. އަދި މީގެ މަހެއްހާ ދުވަސް ކުރިން އެ ޓާސްކް ފޯހުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަންނަ އަހަރު އިތުރަށް މަސައްކަތްކޮށް، މަސްތުވާތަކެތީގައި ޒުވާން ޖީލު ހަލާކުވެގެންދާ ދިއުމަށް ހުއްޓުމެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު