އާދަމް ޝަރީފް އުމަރު
އާދަމް ޝަރީފް އުމަރު
ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް، ކުރީގެ ޑިފެންސް މިިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގައި ނޭޝަނަލް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވައި، މަޑުއްވަރީ ދާއިރާގެ އިދިކޮޅު ޕީއެންސީގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ބޭރު ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ ދިވެހިވަންތަކަން ގެއްލި، އެހެން ދީންތައް ފެތުރުމަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ނުދެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ތެދުވާންޖެހޭނެ ކަމުގައި ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖެއަށް އިންވެސްޓަރުން ގެންނަން ދެކޮޅު ނޫން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް، މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ މާލީ ތަނަވަސްކަން ހުރި ބައެއް މީހުން ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް ޝައުގުުވެރިވާ ކަމަށެވެ. އެ މީހުންނަށް އެ ފުރުސަތު ދިނުމާ މެދު ވިސްނުން ރަނގަޅު ކަމަށާއި އޭރުން ރާއްޖެ އަށާއި ރައްޔިތުންނަށް ވެސް ފައިދާތަކެއް ކުރާނެކަން ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، މިއީ އެމަނިކުފާނުގެ އަމިއްލަފުޅު ވިސްނުމެއް ކަމަށާއި މިއީ ސަރުކާރުން ނުވަތަ މަގާމުގެ ހައިސިއްޔަތުން ވިދާޅުވާ ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް އަަސްލަމް ވިދާޅުވީ މާލީ ތަނަވަސްކަން ހުރި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ރެސިޑެންޓުންގެ ގޮތުގައި ރާއްޖޭގައި އުޅުމުގެ ފުރުސަތު ދިނުމަށް ވަރަށް ފުޅާދާއިރާއެއްގައި ވިސްނާ، ކަމާބެހޭ އިދާރާތަކުން މަޝްވަރާކޮށްލުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ފެންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު