ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކޯވިޑް-19 ގެ މި ޙާލަތުގައި ޕެންޝަން ފަންޑުން އޭގެ ޙައްޤުވެރިންނަށް ބޭނުންކުރެވެން ވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ޝަރީޢަތުގެ އެންމެ މަތީ މަޤްސަދުތަކުގެ އަލީގައި ދަންނަވަނީނަމަ، މިހާރު މިއޮތް ޙާލަތުގައި ޕެންޝަން ފަންޑުން ވަކި އުސޫލެއްގެ ދަށުން ފައިސާ ނެގޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ.

އަދި މި ޙާލަތުގައި އެއީ، ޙައްޖަށް ދިއުމަށް އެ ފަންޑުން ޚަރަދު ކުރުމަށްވުރެ، މާ އަޢުލާކަން ބޮޑު ކަމެއް ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި "އިންސާނާގެ ފުރާނައާއި، ޟަރޫރީ ކަންކަން އެހެން ކަންކަމުގެ މައްޗަށް އިސްވެގެންވެއެވެ." ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެއެވެ.

ޕެންޝަން ފަންޑުން އޭގެ ޙައްޤުވެރިންނަށް ފައިސާ ލިބޭގޮތް ހެދުމަށް ޕީއެންސީގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވިއެވެ. ނަމަވެސް ދެފަހަރު ހުށައެޅުމުންވެސް މަޖިލީހަށް އެބިލު ބަލައިގެންފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގައި ފައިސާ އެބަހުރިކަމަށާއި، މި ދަނޑިވަޅުގައި ޕެންޝަން ފަންޑުގައި އަތްލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު