މާލޭގެ މަގުމަތީގައި ނިވައިކަން ކުޑަކޮށް ހެދުން އަޅައިގެން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ނިވައިކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައި އުޅުނު ދިވެހި ފިރިހެނަކު މިއަދު 16:13 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ބޮޑު ރަސްގެފާނު މަގުގައި އުޅެނިކޮށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު