ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ރޭގެ ވަގުތެއްގައި އެޑްމިޓްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެމަނިކުފާނުގެ އާލާސްކަންފުޅަކީ ގަދަ ހުމެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފައެވެ.



މަބްރޫކް ވިދާޅުވީ، ފައިސަލް ކޯވިޑް-19 އަށް ޓެސްޓު ކުރަށްވައި ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އިތުރު މެޑިކަލް ޗެކަޕްތައް ހައްދަވަމުން ގެންދަވާކަމަށް މަބްރޫކް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު